ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން
ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ބެޓިސް 3-2 އިން ބަލިކޮށް ރެއާލް މެޑްރިޑުން މި ސީޒަންގެ ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި ސީޒަންގެ ލީގުގައި ރެއާލް ކުޅުނު ފުރަތަމަ މެޗުގައި ވަލްޑޮއިޑާ ދެކޮޅަށް ކުޅެ ވަނީ އެއްވަރު ވެފައެވެ. ރޭގެ މެޗުގެ ކުރީކޮޅުގައި ރެއާލްއަށް ލީޑު ނަގައިދިނީ ވަލްވާޑޭއެވެ. އެހެން ނަމަވެސް ހާފް ނިމުމުގެ ކުރިން ބެޓިސްއިން ވަނީ ނަތީޖާ އަނބުރާލައިފައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަޓިސްއިން ދެ ގޯލް ޖެހިއިރު، އެޓީމުގެ ފުރަތަމަ ގޯލަކީ އައިއްސާ މަންޑީ ބޮލުން ޖެހި ގޯލެކެވެ. ދެވަނަ ގޯލް ދެ މިނެޓް ފަހުން ޖެހީ ވިލިއަމް ކާވާލިއޯއެވެ.

ދެވަނަ ހާފަށް ނުކުމެ ރެއާލްއިން ކުރި މަސައްކަތުން ބެޓިސްގެ އެމަސަން ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލާއެކު މެޗްގެ ނަތީޖާ ހަމަހަމަ ވެގެން ދިޔައެވެ. އޭގެ ފަހުން މެޗްގެ 67 ވަނަ މިނެޓުގައި ވީއޭއާރުގެ އެހީތެރިކަމާއެކު ރެފްރީ ވަނީ ބެޓިސްގެ އެމަސަންއަށް ރަތް ކާޑު ދައްކާފައެވެ. ރެއާލް މެޗުން މޮޅުވީ 82 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ، އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ގޯލަށް ވައްދާލުމުންނެވެ.

ސްޕެނިޝް ލީގުގައި ރެއާލްއާ ވާދަވެރި ބާސެލޯނާއިން ލީގު ފަށާނީ މިރޭ ވިލަރެއާލްއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން