ދިއްލީގައި ބޮންގޮއްވި ހާދިސާއާ ގުޅިގެން ކަޝްމީރުގައި ބޮޑު ތަހުގީގެއް ފަށައިފިއެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ކާރޫބާރޫ ބޮޑު ރެޑް ފޯޓް ސަރަހައްދުގައި ކާރެއް ގޮއްވާލައިގެން ދިން ހަމަލާގައި އަށް މީހަކު މަރުވެފައިވާ އިރު، އިންޑިއާގެ ފުލުހުން ވަނީ އެ ހަމަލާގެ ތަހުގީގު ފުޅާކޮށްފައެވެ.
މި ހަމަލާއާ ގުޅުންހުރި ކަމަށް ބެލެވޭ 7 މީހަކު ފުލުހުންގެ ބެލުނުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
އިންޑިއާގެ ފުލުހުން ބުނީ ހައްޔަރުކުރި ހަތް މީހުންނާ ގުޅުން ހުރި ތަންތަން ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި ހުރި ކަމަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށާއި ހަމަލާގެ ތަހުގީގަށް ހާއްސަ ޓީމެއް ކަޝްމީރުގައިވެސް ހަަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ހަމައެއާއެކު ދާދިފަހުން ދިއްލީގެ ފާރިދްއާބާދު ސަރަހައްދުން ފެނިފައިވާ 2،900 ކިލޯގެ ގޮވާ ސާމާނާއި އެ ހަމަލާއާ ގުޅުން ހުރިކަމަށް ބެލެވޭތީ އެކަން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކުރިއެވެ.
ދިއްލީގައި ބޮން ގޮއްވި މައްސަލައާ ގުޅިގެން އިންޑިއާގެ ކެބިނެޓުން ވަނީ ޓެރަރިޒަމްގެ އެ ހަމަލާ ބެލުމަށް ހާއްސަ ހުއްދައެއްވެސް ދީފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ އެ ހަމަލާގެ ފަަހަތުގައި ތިބި އެންމެން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވައުދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު