ރޭ އެވަޓަން އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗްގެ ތެރެއިން
ރޭ އެވަޓަން އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗްގެ ތެރެއިން
އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗް ކާމިޔާބުކޮށް އެވަޓަން ޓޭބަލްގެ އެއްވަނަ އަށް ޖެހިލިއިރު، ސައުތެމްޕްޓަން ކުޅުނު މެޗުން މޮޅުވެ އެޓީމުން މި ސީޒަންގެ ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

ރޭ އެވަޓަން ވަނީ ކްރިސްޓަލް ޕެލެސްގެ ދަނޑުގައި ކްރިސްޓަލް ޕެލެސް ބަލިކޮށް ލީގުގައި ޖެހިޖެހިގެން ތިން މޮޅު ހޯދާފައެވެ.

މި ސީޒަންގެ ލީގުގައި ކަލްވާޓް ލުއިން ޖެހި ފަސް ވަނަ ލަނޑާއެކު އެވަޓަން އިން ވަނީ މެޗުގެ ދިހަ ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެވާޓަން އިން ކުރިން ލީޑު ނެގި ނަމަވެސް މެޗުގެ 26 ވަނަ މިނެޓުގައި ޕެލެސް އިން ނަތީޖާ އެއްވަރު ކުރިއެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ޓައުންސެންޑް ނަގައިދިން ކޯނަރަކުން ޗެކް ކުއާޓޭ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެވަޓަން އަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދީ، ރިޗާލިސަން ވަނީ އަނެއްކާވެސް އެވަޓަން އަށް ލީޑު ނަގައިދީފައެވެ. ލޫކާ ޑީނިއޭ ބޮލުން ފޮނުވާލި ބޯޅަ ޖޯ ވޯޑް ގެ އަތުގައި ޖެހުމުން ރެފްރީ ވަނީ ވީ އޭ އާރް ބެލުމަށް ފަހު ޕެނަލްޓީ ދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ސައުތެމްޕްޓަން އާއި ބާންލީ ބައްދަލުކުރި މެޗު



ލީގުގައި ރޭ ކުޅުނު މެޗް ކާމިޔާބުކޮށް ސައުތެމްޕްޓަން ވަނީ ލީގުގައި ފުރަތަމަ މޮޅު ހޯދާފައެވެ.

ބާންލީ އާ ދެކޮޅަށް ކުޅުނު މެޗު ސައުތެމްޕްޓަން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އިންނެވެ. މި މެޗުގެ ހަމައެކަނި ގޯލް މެޗުގެ 5 ވަނަ މިނެޓުގައި ސައުތެމްޕްޓަން އަށް ޖަހައިދިީ ޑެނީ އިންގްސް އެވެ. އަނިޔާގެ ސަބަބުން ބާންލީގެ ފުރަތަމަ 11 ގެ ގިނަ ކުޅުންތެރިންތަކެއް މިރޭގެ މެޗުން ނުފެނުނުއިރު، ބާންލީ އިން ވަނީ ޕެނަލްޓީ އެއް ހޯދުމަށް އެޕީލް ކޮށްފައެވެ. ނަމަވެސް ވީ އޭ އާރް ބެލުމަށް ފަހު ރެފްރީ ވަނީ ޕެނަލްޓީ ނުދޭން ނިންމައިފައެވެ.

މި މެޗުގައި ސައުތެމްޕްޓަންގެ ކީޕަރ މެކާތީ ވަނީ ބާންލީގެ ގިނަ ޙަމަލާތަކެއް ދިފާޢުކޮށްފައެވެ. ބާންލީ އިން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ސައުތެމްޕްޓަން އިން ޖެހި ގޯލުގެ އިތުރުން ބާންލީގެ ގޯލާ އަމާޒުކޮށް އިތުރު ހަމަލާއެއް އުފެއްދިފައިނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން