އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ބައިނަލްއަގުވަމީ ކޯޓުތަކުން އުފުލާފައިވާ ދައުވާއަކީ ސިޔާސީ އަދި ނުހައްގުން އުފުލާފައިވާ ދައުވާތަކެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރްމްޕު ވިދާޅުވެއްޖެއެވެ.
ޓްރަމްޕު މިހެން ވިދާޅުވީ ނަތަންޔާހޫއަށް މާފުކުރަން އެދި އިޒްރޭލުގެ ރައީސް އިއްސާގް ހަރްޒޮގްއަށް ފޮނުވި ރަސްމީ ސިޓީއެއްގައެވެ.
ޓްފަމްޕު ފޮނުވި ސިޓީގައި ވަނީ ޣައްޒާގެ އެތައްހާސް ކުޑަކުދިންނާއި ކުށެއް ނެތް ރައްޔިތުން ޝަހީދުކޮށްލި ހަނގުރާމައިގައި ނަތަންޔާހޫގެ ލީޑާޝިޕް ރަނގަޅުކަމަށް ބުނެ ތައުރީފު ކޮށްފައެވެ.
ޓްރަމްޕުގެ ސިޓީގައި ބުނީ ހަނގުރާމައިގެ ވަގުތުގައި ހިތްވަރުގަދަ އަދި ނަތީޖާ ނެރުނު ބޮޑުވަޒީރެއްގެ ގޮތުގައި ނަތަންޔާހޫ މަސައްކަތްކޮށްފައި ވާކަމަށެވެ. އެހެންކަމުން މިހާރު މިހާރު އިޒްރޭލު ސުލްހައަށް ސުލްހައަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ނަތަންޔާހޫއަށް ފުރިހަމައަށް މައާފު ދިނުމަށް ގޮވާލާ ކަމަށް ޓްރަމްޕުގެ ސިޓީގައި ވެއެވެ.
މިދިޔަ މަހުވެސް ޓްރަމްޕު ވަނީ ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލަ ނިމުމަކަށް ގެނައުމަށް، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު