ފިލްމުގެ ޕޯސްޓަރު-
ފިލްމުގެ ޕޯސްޓަރު-
މިހާރު ހޮލީވުޑްގައި ބޮޑަށް ހަރަކާތްތެރިވާ ގްލޯބަލް އައިކޮން ޕްރިޔަންކާ ޗޯޕްރާގެ ކުރިއަށް އޮތް ތެލަގޫ ފިލްމުގެ ޕޯސްޓަރު އާންމު ކޮށްފިއެވެ.

އެ ޕޯސްޓަރުގައި ބުނެފައި ވަނީ ޕްރިޔަންކާ އެ ފިލްމުގައި ފެންނާނީ މަންދާކިނީ ކިޔާ ކެރެކްޓާއަކުން ކަމަށެވެ. އެ ޕޯސްޓަރުގައި ޕްރިޔަންކާ ފެންނަނީ ގަދަ ރީނދޫ ކުލައިގެ ސާޅީއެއް ލައިގެން، ފިސްތޯލައަކުން ބަޔަކަށް ހަމަލާދޭން ހުއްނަތަނެވެ.

އަދި ނަން އާންމު ކޮށްފައިނުވާ މި ފިލްމަކީ ޑައިރެކްޓަރު އެސްއެސް ރާޖަމީލޯގެ ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މަޝްހޫރު ސްކްރީން ރައިޓަރު ކޭވީ ވިޖަޔެންދުރަ ޕްރަސާދެވެ.

މި ފިލްމަކީ ތެލަގޫ ފިލްމެކެވެ. އެހެންނަމަވެސް މި ފިލްމު އިންޑިއާގައި ވާހަކަދައްކާ ހުރިހާ ބަހުރުވައަކުން ޑަބްކޮށްގެން ގެނެސްދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން ޝޫޓިން ކުރިއަށްދާ މި ފިލްމަކީ ޖަންގަލް އެޑްވެންޗާއެކެވެ. މި ފިލްމުގެ ލީޑް އެކްޓަރަކީ މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫއެވެ.

މި ފިލްމުގެ ރަސްމީ ނަމާއި މަހޭޝްގެ ފަސްޓްލުކް ޕޯސްޓަރު އަންނަ ހޮނިހިރު ދުވަހު އާންމުކުރާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު