މުޅި ރާއްޖޭގެ ސިއްހީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މަލްޓިޕްލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާއަކީ ހެލްތު މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ކަންޓްރީ އޮފީހާއި ގުޅިގެން ކުރިއަށްގެންދާ ދިރާސާއެކެވެ. މި ދިރާސާ ހެދުމުގެ ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އެވެ. އަދި ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ، ޚާއްސަ މަންދޫބު ޑރ. އެޑްވަރޑް އަޑާއީއެވެ.
ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، ޤައުމުތަކުގެ އިޤުތިޞާދު ކުރިއަރުވައި، ސިޔާސަތުތައް އެކުލަވާލުމުގައި ތަފާސްހިސާބަކީ މުހިންމު އެއްޗަކަށްވާއިރު، ޞިއްޙީ ދާއިރާއިން މިގޮތަށް އެއްކޮށްފައި ހުރި އަދާހަމަ ތަފާސްހިސާބެއް ނެތް ކަމަށެވެ.
އެހެންކަމުން އަލަށް ހަދާ މި ދިރާސާއާއެކު ޞިއްޙީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، ފެންވަރު ރަނގަޅުކުރަންވީ ކަންކަން ދެނެގަނެވި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާޞިލުވުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކްލަސްޓަރ ސަރވޭއަކީ ބައިނަލްއަޤުވާމީ ފެންވަރުގައި އާބާދީއާއި ޞިއްހަތާ ގުޅުންހުރި މިންގަނޑުތަކާއި އާބާދީގެ މައިގަނޑު ސިއްޙީ ހާލާތާއި، ސިއްޙީ ޚިދުމަތްތަކުގެ ހާލަތު ދެނެގަތުމަށް ކުރާ ދިރާސާއެއް ކަމަށެވެ. އަދި މިއީ ޔުނިސެފްގެ އެހީގައި ވަރަށް ގިނަ ޤައުމުތަކުގައި ކުރާ ދިރާސާއެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަންނަ އަހަރުގެ ކުރީކޮޅު މި ދިރާސާގެ މަސައްކަތް ފެށިގެން ދާނެ ކަމަށާއި، މީގެ ބޭނުމަކީ ރާއްޖޭގެ ސިއްހީ ހާލަތު ދެނެގަނެ، ސިއްހީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި ސިޔާސަތުތަކަށް ބޭނުންވާ މައުލޫމާތު އެއްކުރުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެންމެ ފަހުން ރާއްޖޭގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުން ދިރާސާއެއް ކުރިއަށް ގެންގޮސްފައިވަނީ، 2017 ވަަނަ އަހަރު ކަމަށެވެ. އަދި އޭގެފަހުން މިފަދަ ދިރާސާއެއް ހަދާފައެއްނުވާތީ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރަންވީ ކަންކަން ދެނެގަތުމުގައި މިހާރު ދަތިތަކެއް ދިމާވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ދިރާސާގައި އާބާދީގެ ޞިއްހަތާއި، ދަރިމައިވުމުގެ ޞިއްހަތާއި، ކުޑަކުދިން ހެދިބޮޑުވަމުންދާ މިންވަރާއި، ދިވެހިން ޢާންމުކޮށް ކައިބޮއެ އުޅޭ ތަކެއްޗާ ބެހޭ މަޢުލޫމާތު އެއްކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު