ބޮލީވުޑްގެ ވެޓެރަން ތަރި ދަރްމެންދުރަ-
ބޮލީވުޑްގެ ވެޓެރަން ތަރި ދަރްމެންދުރަ-
ބޮލީވުޑްގެ ވެޓެރަން ތަރި ދަރްމެންދުރަ މަރެއް ނުވާ ކަމަށާއި، އޭނާގެ ހާލު މިހާރު ރަނގަޅުވަމުންދާ ކަމަށް އޭނާގެ އާއިލާގެ ފަރާތުން ހާމަކޮށްފިއެވެ.

ނޭވާ ހާސްވެ ނޭވާލާން އުނދަގޫވުމާ ގުޅިގެން ދަރްމެންދަރުގެ ހާލު ދެރަވެ ބްރީޗް ކެންޑީ ހޮސްޕިޓަލްގައި ފަރުވާ ދޭން ފެށީ އަންގާރަ ދުވަހު ހެނދުނުއެވެ.

ދަރްމެންދުރަ މަރުވީ ކަމުގެ ހަބަރުތައް ފެތުރެން ފެށީ އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނާތު ސިންގު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެގޮތުން އޭނާގެ ޕޯސްޓުގައި ވަނީ ދަރްމެންދުރަ މަރުވީ ހަބަރު އަޑުއެހީ ފުން ހިތާމައާ އެކުގައި ކަމަށް ބުނެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

އެހެންވެ ބައެއް މީޑިއާތަކުން ވަނީ އޭނާ މަރުވީ ކަމަށް ބުނެ ރިޕޯޓު ކޮށްފައެވެ.

މިކަމާ ގުޅިގެން އިޝާ ޑިއޯލް ބުނީ މީޑިއާއިން ފަތުރަމުންދަނީ ދޮގު ހަބަރުތަކެއް ކަމަށާއި، އޭނާގެ ބައްޕަ މިހާރު ސްޓޭބަލްވެ ހާލު ރަނގަޅުވަމުން ދާކަމަށެވެ. އަދި އާއިލާއަށް މި ދަނޑިވަޅުގައި ޕްރައިވެސީ ދިނުމަށްވެސް އޭނާ ވަނީ އެދިފައެވެ.

އިއްޔެ ހަވީރު ދަރްމެންދުރަގެ ދަރިފުޅު އަދި ބޮލީވުޑްގެ ތަރި ސަނީ ޑިއޯލްގެ ޓީމުންވެސް ވަނީ މި ހަބަރުތައް ދޮގުކޮށް ބަޔާނެއް ނެރެފައެވެ. އެގޮތުން އެ ޕޯސްޓުގައި ބުނީ ދަރްމެންދުރަގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ. އަދި ދޮގު ހަބަރުތައް ނުފެތުރުމަށް އާއިލާއިން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު