މަރްޔަމް ނަހްދާ ވަޙީދު   10 ނޮވެމްބަރު 2025 - 16:27
އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ބޭއްވި ރަސްމިއްޔާތު-
އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ބޭއްވި ރަސްމިއްޔާތު-
މޯލްޑިވްސް 2.0 ގެ ދަށުން އިމިގްރޭޝަންގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށްފިއެވެ.

މި ޚިދުމަތްތައް ތައާރަފްކުރުމަށް ބާސެލޯ ނަސަންދުރައިގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި ޚިދުމަތުގެ ސަބަބުން ޕާސްޕޯޓް ހެއްދުމަށާއި ވިސާހޯދުމަށް އިމިގްރޭޝަނަށް ދާންޖެހުން ނިމުމަކަށް ވަނީ އައިސްފައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ އައު ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން އަދި ފޭޝަލް ރެކޮގްނިޝަން އެޕްލިކޭޝަން ވެސް ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

މީގެ އިތުރުން އިމިގްރޭޝަނުން އަލަށް ތައާރަފްކުރާ "އީ ވިޒާ" ގެ ހިދުމަތްވެސް މިއަދު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެ 2.0 ގެ ތަޞައްވަރަށް ޢަމަލީ ސިފަ ގެނެސްދެއްވައި، ރާއްޖޭގެ ކުރިއެރުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމަނިކުފާނަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު