އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ނަސްލު ނައްތާލުމަށްޓަކައި ހިންގި ޖަރީމާތަކާ ގުޅޭ އިތުރު ހެކިތަކެއް ލިބިގެން އެ ހެކިތައް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހަޅައިފިއެވެ.
މި ހެކިތަކުގައި މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ ފަލަސްޠީނުގެ ޝަހީދުކޮށްފައިވާ މީހުންގެ ހަށިގަނޑު ބަދަލުކުރުމާއި، ނޫސްވެރިންނަށް ގަސްތުގައި ހަމަލާދިނުމުގެ ޖަރީމާގެ ހެކިތަކުގެ މައްޗަށެވެ. މި ހެކިތައް ހުށަހަޅާފައިވަނީ މިމަހު 7 ވަނަ ދުވަހު ދަ ހޭގްގައި ހުންނަ އައި.ސީ.ސީ.ގެ މައި މަރުކަޒުގައެވެ.
އައި.ސީ.ސީ.އަށް ހުށަހެޅި ދެ ރަސްމީ ހުށަހެޅުމުގެ ތެރެއިން އެއް ހުށަހެޅުމުގައި ބަޔާންކޮށްފައި ވަނީ އިސްރާއީލުގެ ބެލުމުގެ ދަށުގައި ތިބި ފަލަސްޠީނުގެ ގައިދީން ޝަހީދުކޮށް އެމީހުންގެ ހަށިގަނޑު ބަދަލުކޮށް، އެމީހުންގެ ބައެއް ގުނަވަންތައް ވަގަށް ނަގާފައިވާ ކަމުގެ ވާހަކައެވެ.
މި މީހުންގެ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެންނަން ހުރުމާއި، ގުނަވަން ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތުތައް ސާބިތުކޮށްދީފައި ވެއެވެ. މިކަން ސާބިތުކުރުމަށް އޮޓޮޕްސީ ރިޕޯޓުތަކާއި، ފޮޓޯތަކާއި، ވީޑިއޯތަކުގެ އިތުރުން 1،240 އަށް ވުރެ ގިނަ މީހުންގެ ހެކިބަސް ހުށަހަޅާފައިވެއެވެ.
އަނެއް ހުށަހެޅުމުގައި ބާރު އަޅާފައިވަނީ ނޫސްވެރިންނަށް ގަސްތުގައި ހަމަލާދީފައިވާ މައްސަލަތަކަށެވެ. މި ހުށަހެޅުމުގައި ނަން ހާމަކޮށްފައިވާ ނޫސްވެރިންނާއި، ޔަހޫދީ ސްނައިޕަރުން ދިން ހަމަލަތަކުގެ ތަފްސީލުތައް ހިމެނެއެވެ.
މި ޖަރީމާތަކުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އިސްރާއީލުގެ ސަރުކާރުގެ އޮފިޝަލުންނާއި، ވުޒާރާގެ ވަޒީރުންނާއި، އަސްކަރީ އޮފިސަރުންގެ 25 މީހެއްގެ ނަންތައް ވެސް ޤާނޫނީ ޓީމުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.
އައި.ސީ.ސީ.ގެ ޕްރޮސިކިއުޓަރުގެ އޮފީހުން ވަނީ މި ހެކިތައް ލިބުމުން، މިހާރު ކުރިއަށްދާ ތަހުގީގުތަކަށް އިތުރު ކުރިއެރުންތަކެއް ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ.
ކޯޓުން މިހާރު ދަނީ ހައްޔަރުކުރުމުގެ އަމުރު ނުވަތަ ޤާނޫނީ އެހެން ނިންމުންތަކެއް ނިންމުމަށް ތައްޔާރުވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މިކަންކަން އިއުލާންކުރާނެ ވަގުތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު