މަރްޔަމް ނަހްދާ ވަޙީދު   9 ނޮވެމްބަރު 2025 - 9:40
ޝާހުރުކް ޚާން-
ޝާހުރުކް ޚާން-
ބޮލީވުޑްގެ ސުޕަސްޓާރ ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް" އަކީ އޭނާ މިހާތަނަށް ކުޅެފައިވާ އެންމެ އަގުބޮޑު ފިލްމު ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މި ފިލްމުގެ ބަޖެޓަކީ 350 ކްރޯޑް ރުޕީސް (39.5 މިލިއަން ޑޮލަރު) އެވެ.

މި ފިލްމު ޕްރޮޑިއުސް ކުރަނީ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓާއި މި ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ މާފްލިކްސް ފިކްޗާސް ގުޅިގެންނެވެ.

ބޮޑު ކާސްޓަކާއެކު އުފައްދާ މިއީ އެކްޝަން ތުރިލާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝާހްރުކްގެ ދަރިފުޅު، ސުހާނާ ޚާނާއި ދީޕިކާ ޕަދްކޯން އާއި އަބީޝެކް ބައްޗަނާއި ރާނީ މުކަރްޖީ އާއި އަނިލް ކަޕޫރާއި އަރުޝަދު ވަރްސީ އާއި ޖެކީ ޝްރޮފާއި ޖައިދީޕް އަހުލުވާތާއި ސޯރަބް ޝުކްލާ އާއި ރާގަވް ޖުޔަލް އާއި އަބޭ ވަރުމާ އާއި އަކްޝޭ އޮބެރޯއީ އާއި ކަރަންވީރް މަލްއުތުރާ އަދި އަރްޖުން ދާސް ހިމެނެއެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ފަހުކޮޅުއެވެ. ނަމަވެސް ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު