ލުބްނާނަށް ދެމުންގެންދާ ހަމަލާތައް އިސްރާއީލުން އިތުރަށް ވަރުގަދަ ކޮށްފިއެވެ.
ލުބްނާނުގެ ދެކުނުގައި ހުންނަ ހިޒްބުالله ޖަމާއަތުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދޭން ފަށާފައި ވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓު ކޮށްފައެވެ.
އިސްރާއީލު އަސްކަރިއްޔާއިން ހަމަލާ ދިނީ ހިޒްބުالله ޖަމާއަތުގެ ކޮންސްޓްރަކްޝަން ޔުނިޓުގެ މެމްބަރުންނަށް އަމާޒުކޮށްގެން ކަމަށް ރިޕޯޓުގައި ވެއެވެ.
ލުބްނާނުގެ ނޭޝަނަލް ނިއުސް އޭޖެންސީން ބުނީ އިސްރާއީލުން ވައިގެ ހަމަލާތައް ދީފައި ވަނީ ޓައިރް ސަރަހައްދުގެ ތޫރާ އާއި އަބްބާސިޔާ ޓައުން ކައިރި ސަރަހައްދުތަކަށް ކަމަށެވެ. އަދި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް ވުރެ ތިރި އުސްމިނެއްގައި އުދުހެމުން ދިޔަ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ހަމަލާތައް ދީފައި ވަނީ އިސްރާއީލާއެކު ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދަން ހިޒްބުالله ޖަމާއަތުން ދެކޮޅު ހެދުމާ ގުޅިގެން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު