އެމެރިކާގެ ރައީސް އާއި އިންޑިއާގެ ބޮޑުވަޒީރު-
އެމެރިކާގެ ރައީސް އާއި އިންޑިއާގެ ބޮޑުވަޒީރު-
އިންޑިއާއާ ގުޅުން ބަދަހި ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ވައުދުވެވަޑައިގަންނަވާ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

ވައިޓްހައުސްގެ ތަރުޖަމާނު ބުނީ ދެގައުމުގެ ގުޅުމާ މެދު ވަރަށް ވަރުގަދަ އިހުސާސެއް ޓްރަމްޕް ކުރައްވާ ކަމަށާއި އިންޑިއާއަކީ އޭޝިއާގައި އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު ކަމަށް ދެކޭ ކަމަށެވެ.

ދިފާއީ ދާއިރާގެ ގުޅުމުން ފެށިގެން ޓެކްނޮލޮޖީ އާއި ވިޔަފާރިއާ ހަމައަށް އިންޑިއާ އަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވާ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފައެވެ.

އަދި ޓްރަމްޕު އިންޑިއާ އާއި އެމެރިކާގެ ގުޅުމުގެ އަގު ވަޒަން ކުރާ ކަމަށާއި، ސަރަހައްދީ ހަމަޖެހުމާއި ދުނިޔޭގެ ކުރިއެރުމަށް އެއީ މުހިންމު ގުޅުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވައިޓް ހައުސް އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު