މިއަދު ސޮއިކުރެވޭ 206 މަޝްރޫޢާއެކު ޢިމާރާތްކުރުމުގެ ސިނާޢަތު ކުރިއަރައިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ތަފާތު 206 މަޝްރޫއެއް ހިންގުމަށް ސޮއި ކުރުން ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ޙަވާލުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޢާންމު ފަރުދުން މުއްސަނދި ކޮށްދިނުން ކަމަށެވެ. އަދި ސަރުކާރުން އެދެނީ ވީހާވެސް ގިނަ މަޝްރުޢުތައް ޢާންމު ފަރުދުންނަށް ލިބުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ލޮޖިސްޓިކަލް ޗޭންގެ ތެރެއިން، މެޓީރިއަލް ޗޭންގެ ތެރެއިން، މަސައްކަތްތަކުގެ ތަރުތީބުގެ ތެރެއިން، ހުރިހާ ދިމާލަކުން މި މަސައްކަތްތައް ފޭދިގެންދާއިރު، އެތައް ބަޔަކަށް ފައިދާވާނެ. އޭގެ ސަބަބުން މުޅި އިޤްތިޞާދު ވަރަށް ބިޒީވެގެންދާނެ. އޭގެ ސަބަބުން ޕްރޮޑަކްޓިވިޓީ އެތައް ގުނައަކުން އިތުރުވެގެންދާނެ." ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް ވިދާޅުވީ، މިއަދު ހަވާލުކުރެވުނު މަޝްރޫއުތަކާއެކު ކޮންސްޓަރަކްޝަން އިންޑަސްޓްރީ ކުރިއަރައިގެންދާނެ ކަމަށާއި، ސަރުކާރުގެ ފަރާތުން ލިބެން ޖެހޭ ފައިސާ އެއްވެސް ލަސްވުމެއް ނެތި ކުންފުނިތަކަށް ދޫކުރާނެ ކަމަށެވެ.
"ސަރުކާރު ތެރެއިން ފައިސާ ދޫކުރުމުގައި އެ ހުންނަ ދަތިތަކުގެ ތެރެއިން އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެ. މަސައްކަތްތައް ބަރާބަރަށް އެގްރީމަންޓްގެ ވާގޮތަށް ކުންފުނިތަކުން ކުރަމުންގެންދާނެ. ކުރުމަށް މަޖުބޫރުވާނެ. ޕޭމަންޓަށް ހުށަހެޅުމުން ބަރާބަރަށް ފައިސާ ލިބޭނެ." ރައީސް ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ވިދާޅުވީ، މިއަދު މަސައްކަތް ހަވާލުކުރި ކޮންމެ ކުންފުންޏަކީވެސް މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ކުންފުނިތައް ކަމަށެވެ. އަދި އެކަން ޔަޤީން ކޮށްފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު