ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައިގެ ހައްގުވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
37 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އަރުވާފައެވެ.
މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވަނީ ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެމަނިކުފާނަށް ދެއްވިކަމަށްޓަކާ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފައެވެ.
އަދި މީގެ އިތުރުން ރައީސް މައުމޫންގެ ޕޯސްޓުގައި ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި އެ ފަހުރުވެރި އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން ކަމުގައެވެ.
ރައީސް އޮފީހުން ބުނީ އެ އައްޑަނަ އެރުވުމަށް ރައީސް ނިންމެވީ ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސް މައުމޫން ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު