ގއ. ގެމަނަފުށި/ ދިލްބަހާރުގެ، އުމުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުﷲ
ގއ. ގެމަނަފުށި/ ދިލްބަހާރުގެ، އުމުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުﷲ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ދިވެހި ޒުވާނާގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވި ގއ. ގެމަނަފުށި/ ދިލްބަހާރުގެ، އުމުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުﷲގެ ކަށުނަމާދު ބޭއްވުމަށް ހަމަޖަެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު ސަހަރާ މިސްކިތުގައެވެ.

އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލީ އިއްޔެ ހަވީރު 15:44ހާއިރުއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި 14 މީހުން ތިއްބެވެ. އެ އެންމެން ވެސް ފެނުނުއިރު އޭގެ ތެރެއިން، ހަ މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ. އެއީ ހަތަރު ދިވެހީންނާއި ދެ ބިދޭސީންނެވެ.

ދެ ބިދޭސީންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއްވެ އޭގެ ތެރެއިން ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިން އިއްޔެ ވަނީ މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު