މަރްޔަމް ނަހްދާ ވަޙީދު   3 ނޮވެމްބަރު 2025 - 9:55
އެކްސިޑެންޓުވި ބަސް-
އެކްސިޑެންޓުވި ބަސް-
އިންޑިއާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މީހަކު މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ހިތާމަވެރި ހާދިސ ހިނގާފައިވަނީ އިންޑިއާގެ ރާޖަސްތާނުގެ ފަލޯޑީ ޑިސްޓްރިކްޓުގައެވެ. މި ހާދިސާގައި 15 މީހަކު މަރުވެފައިވާ އިރު، ތިން މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޕާކު ކޮށްފައި އޮތް ވެހިކަލެއްގައި ޖެހިގެންނެވެ. އެ ބަހުން ދަތުރުކޮށްފައިވަނީ ބިކާނާ އިން ޖޯދްޕޫރް އަށް ދީނީ އަޅުކަމަކަށް ދިޔަ ބައެއް ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ދެ އުޅަނދަށްވެސް ބޮޑެތި ގެއްލުން ވެފައިވާ ކަމަށާއި ހާދިސާ ހިނގުމާއެކު މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރި ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އާއިލާއަށް ދެ ލައްކަ ރުޕީސް ދިނުމަށް ނިންމަވާފައެވެ. އަދި މީގެ އިތުރުން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވަނީ ފޮނުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު