ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް މާ ބޮޑަށް ފިނި ގަދަ ކަމަށާއި އެއީ އިސްރާފެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ، ވީއައިއޭ ޓާމިނަލްގައި ފިނިހޫނުމިން ހުންނަނީ 15 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ. އެހެންކަމުން އެއީ މާ ބޮޑަށް ފިނިވެފައި އިސްރާފު ބޮޑު ގޮތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ، 20އާއި 25 ޑިގްރީ ސެލްސިއަސްއާ ދެމެދު އެއާޕޯޓުގެ ފިނި ހޫނުމިން ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ރައީސް ނަޝީދުގެ އެ ޕޯސްޓަށް ކޮމެންޓު ކޮށްފައިވާ ގިނަ ބަޔަކުވެސް ބުނެފައިވަނީ، އެއާޕޯޓުގައި މާ ބޮޑަށް ފިނި ގަދަވުމަކީ ކަރަންޓު ޚަރަދު ބޮޑުވާނެ ކަމެއް ކަމަށެވެ. އަދި އެއީ ދަޢުލަތުގެ އިދާރާތަކުން ރަނގަޅު ކުރަންޖެހޭ ކަމެއްކަމަށް ބައެއް މީހުންގެ ކޮމެންޓްގައި ފާހަގަ ކޮށްފައިވެއެވެ.

ވީއައިއޭ އަކީ ޒަމާނީ ގިނަ ވަސީލަތްތަކާއެކު، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ. މިއެއަރޕޯޓް ހުޅުވާފައިވަނީ މިދިޔަ ޖުލައި 26 ގައެވެ.



ކިޔުންތެރިންގެ ހިޔާލު