އިމިގްރޭޝަނުން އިއްޔެ ބޭއްވި ވޯކިން އިންޓަވިއުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ.
އިމިގްރޭޝަނުން ބުނީ 70 އޮފިސަރުން ނެގުމަށް ހުޅުމާލެ ސަލާހުއްދީން ސްކޫލްގައި ބޭއްވި ވޯކް-އިން އިންޓަވިއުގައި 500 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިކަމަށެވެ.
30 އަހަރުން ދަށުގެ ޒުވާނުންނަށް ހުޅުވާލި މި ވަޒީފާތަކަށް އަސާސީ މުސާރައަށް 6،500 ރުފިޔާ ލިބޭއިރު ސާވިސް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،500 ރުފިޔާއެވެ. އަދި ބޭސިކް ތަމްރީނު ފުރިހަމަ ކުރުމުން، ސްޕެޝަލް ސާވިސް އެލެވެންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ލިބޭނެއެވެ.
މިދިޔަ މެއި 25ގައި، 50 ވަޒީފާއަށް މީހުން ހޯދުމަށް އިމިގްރޭޝަނުން ވޯކްއިން އިންޓަވިއުއެއް ބޭއްވިއެވެ. އެ އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބުނުއިރު، އެ އިންޓަވިއުގައި 876 މީހުން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ވޯކް-އިން އިންޓަވިއު އަކީ ކުރިއާލާ ހުށަހެޅުމެއް ނެތި، އެ ތަނަކުން ބުނާ ގަޑިއެއްގައި އިންޓަވިއު ކުރާ ތަނަކަށް ގޮސް ކުރެވޭ އިންޓަވިއުއެވެ.

ކިޔުންތެރިންގެ ހިޔާލު