ބުޅާ ފަދަ ޖަނަވާރު އޮޅުކޮށްގެން ގެންގުޅޭ މީހުން ސަމާލުވާން ޖެހޭ
ބުޅާ ފަދަ ޖަނަވާރު އޮޅުކޮށްގެން ގެންގުޅޭ މީހުން ސަމާލުވާން ޖެހޭ
ގޭގައި އަމިއްލައަށް ކަރަންޓީނުވާނަމަ ނުވަތަ ބަލީގެ އަލާމާތެއް ފެނިފައިވާނަމަ، ބުޅާ ގެންގުޅޭ ފަރާތްތަކުން އެތަކެތި ބޭރަށް ނުކުތަނުދީ ގޭތެރޭގައި ގެންގުޅުމަށް ސަމާލުކަން ދިނުމަށް ބްރިޓިޝް ވެޓެރެނޭރިއަން އެސޯސިއޭޝަން، ބީވީއޭ އިން އެދިއްޖެއެވެ.

އިނގިރޭސިވިލާތުގެ ބީވީއޭއިން ބުނީ މޭޒާއި ދޮރުގެ ތަޅުފަދަ ތަންތަނުގައި ވައިރަސް ހަރުލާފައި ހުންނަ އުސޫލުން، ބުޅާ ފަދަ ޖަނަވާރުގެ ކެހެރީގައިވެސް ވައިރަސް ހަރުލާފައި ހުރެދާނެއެވެ. ވީމާ، ބުޅަލުގެ ކެހެރީގައި ބަލި މީހަކު އަތްލުމުގެ ސަބަބުން އޭގެ ކެހެރީގައި ވައިރަސް ހަރުލާފައި ހުއްޓާ އެހެން މީހެއްގެ ގަޔަށް އެ ވައިރަސް އެރުމުގެ ބިރު އޮތީތީ އެފަދަ ޖަނަވާރު ގެއިން ބޭރަށް ނެރުން ހުއްޓާލުމަށް އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރާބެހޭ އެސޯސިއޭޝަނުން ނަސޭހަތްތެރިވެފައި ވެއެވެ.

ބުޅަލާއި، ކުއްތާ ފަދަ ބައެއް ޖަނަވާރު މީގެ ކުރިން ވައިރަހަށް ޕޮޒިޓިވްވެފައިވީނަމަވެސް، އެ ޖަނަވާރުގެފަރާތުން އިންސާނެއްގެ ގަޔަށް ބަލިއަރާފައިވާކަން ޔަގީންކުރެވިފައެއް ނުވެއެވެ. ބީވީއޭ އިން ބުނެފައިވަނީ އެންމެ މުހިންމުކަމެއް ދޭންޖެހޭނީ އެމީހަކާއި އެމީހަކު ގެންގުޅޭ އޮޅު ޖަނަވާރުގެ ސާފުތާހިރު ކަމަށެވެ.

މިމަހު އެމެރިކާގެ ނިއުޔޯކުގެ ބްރޮންކްސް ޒުލުގައި އޮތް މިނިކާވަގެއް ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން