ސޮނޭވާ ފުށީގައި ހުޅުވި ދުނިޔޭގެ އެންމެ ބޮޑު ވޯޓަރ ވިލާ (ފޮޓޯ: ސީއެންއެން)
ސޮނޭވާ ފުށީގައި ހުޅުވި ދުނިޔޭގެ އެންމެ ބޮޑު ވޯޓަރ ވިލާ (ފޮޓޯ: ސީއެންއެން)
ދުނިޔޭގެ އެންމެ ބޮޑު ވޯޓާ ވިލާ ރާއްޖޭގެ ސޮނެވާފުށި ރިސޯޓުގައި ހުޅުވައިފިއެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސޮނެވާގައި އިއްޔެ ހުޅުވި ވޯޓާ ވިލާއެއްގެ އެއް ކޮޓަރީގައި 6286 އަކަފޫޓު ހުރެ އެވެ. އަދި ދެ ކޮޓަރީގެ ތަންތަނުގައި 9224 އަކަފޫޓު ހުރެ އެވެ. ސީއެންއެން އިން ބުނީ ވޯޓާރޫމްސްގެ ނަމުގައި ސޮނޭވާ ފުށީގައި މިފަދަ 8 ސުއީޓެއް ތަރައްގީކޮށް، މިތަންތަން މިހާރު ބުކިންއަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ވޯޓާވިލާތައް ފަރުމާކޮށްފައިވަނީ މޫދާއި ފަރުތަކުގެ ދިރުންތައް ސާފުކޮށް ފެންނާނެހެން ބިއްލޫރި ތަޅުމެއްގެ މަތީގައެވެ. މީގެ އިތުރުން ޕްރައިވެޓް އައުޓްޑޯ ބާތުޓަބާ، ސަންލޯންޖުތަކުގެ އިތުރުން، ޕޫލްތައްވެސް މި ވިލާތަކުގައި ގާއިމުކޮށްފައިވެއެވެ. އަދި، ރޭގަނޑުގެ ވަގުތަކުގައި، އުޑުމަތީގެ ހިތްގައިމު މަންޒަރު، އެއްވެސް ހުރަހެއް ނެތި ބަލާލެވޭ ގޮތަށް، ވިލާތަކުގެ ސީލިންގް ފަރުމާކޮށްފައިވަނީ ކަހާލެވޭ ގޮތަށް ކަންވެސް ސީއެންއެން އިން ރިޕޯޓް ކޮށްފައިވެއެވެ.

ސޮނޭވާ ފުށީގައި ޤާއިމުކޮށްފައިވާ މި ވޯޓަރ ވިލާތަކުގެ ތެރެއިން އެއް ކޮޓަރީގެ ވިލާއެއްގެ އަގަކީ ރެއަކަށް 2626 ޑޮލަރެވެ. އަދި ދެ ކޮޓަރީގެ ވޯޓާ ވިލާއެއްގެ އަގަކީ ރެއަކަށް 5232 ޑޮލަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން