މަރްޔަމް ނަހްދާ ވަޙީދު   28 އޮކްޓޯބަރު 2025 - 7:10
ޖެއިލާގެ ލީޑު ތަރި ރަޖްނީކާންތު އާއި، ބޮލީވުޑްގެ ތަރި ވިދިޔާ ބާލަން-
ޖެއިލާގެ ލީޑު ތަރި ރަޖްނީކާންތު އާއި، ބޮލީވުޑްގެ ތަރި ވިދިޔާ ބާލަން-
އިިންޑިއާގެ މަޝްހޫރު ތަރި ރަޖްނީކާންތުގެ "ޖެއިލާ 2" ގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ވިދިޔާ ބާލަން ފެންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ރިޕޯޓުތަކުގައި ބުނީ މި ފިލްމުގައި ވިދިޔާ ފެނިގެންދާނީ "ޖެއިލާ" ފްރެންޗައިސްގެ ވިލަން މިތުން ޗަކްރަބަރީގެ ދޮށީ ދަރިފުޅުގެ ރޯލުން ކަމަށެވެ.

މީޑިއާތަކުން މިކަން ހާމަކުރިނަމަވެސް "ޖެއިލާ 2" އަށް ވިދިއާ ނެގިކަން ފިލްމުގެ ޓީމުން އަދި ކަށަވަރުކޮށް ދީފައެއް ނުވެއެވެ.

ޗެންނާއީގައި މިހާރު "ޖެއިލާ 2" ގެ ޝޫޓިން ކުރިއަށްދާ އިރު، މިއީ 2023 ގައި ޑައިރެކްޓަރު ނެލްސަން ގެނެސްދިން އެކްޝަން ކޮމެޑީގެ ދެވަނަ ބައެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ޖެއިލާ" ގެ ކާސްޓްގައި ރާމިއާ ކްރިޝްނަން، ތަމަންނާ ބާޓިއާ، ވަސަންތު ރަވީ އަދި ޔޮގޭޝް ބާބޫ ފަދަ މަޝްހޫރު ފަންނާނުން ހިމެނެއެވެ.

"ޖެއިލާ 2" ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ އަންނަ އަހަރު އެވެ. ނަމަވެސް އަދި ވަކި ތާރީހެއް ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު