އިސްރާއީލުން ލުބުނާނަށް ދިން ހަމަލާ-
އިސްރާއީލުން ލުބުނާނަށް ދިން ހަމަލާ-
ފަލަސްތީނުގެ ޣައްޒާގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގަމުން އައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއް އެކުލަވާފައި ވީނަމަވެސް، އިސްރާއީލުގެ އަނިޔާވެރިކަމަކަށް ނިމުމެއް ނާދެއެވެ.

އޮކްޓޯބަރު 10 ގައި ޤާއިމުކުރެވުނު މި އެއްބަސްވުމުން ފަލަސްތީނުގެ ޣައްޒާއަށް ކޮންމެވެސް ވަރެއްގެ ވަރަކަށް ލުޔެއް ލިބުނު ނަމަވެސް، އިސްރާއީލުން އަދިވެސް ގެންދަނީ އެތަނަށް ޙަމަލާތައް ދެމުންނެވެ. ހަމަ މިއާއެކު އިސްރާއީލުން ދަނީ މެދުއިރުމަތީގެ ގިނަ ސަރަހައްދުތަކަކަށްވެސް ހަމަލާ ދެމުންނެވެ.

އެގޮތުން ލުބުނާނު، ސީރިޔާ އަދި ވެސްޓް ބޭންކު ސަރަހައްދަށް ވޭތުވެދިޔަ ހަފްތާގަައި އިސްރާއީލުން ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. މިކަމުން ހާމަވަނީ އިސްރާއީލުން އޭގެ އަވައްޓެރި ޤައުމުތައް ނުތަނަވަސްކަމާއިއި ބަލިކަށިކަމުގައި ބޭއްވުމަށް މަސައްކަތްކުރަމުންދާކަން ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.

އެމެރިކާގެ އޮފިޝަލުން މިހަފުތާގައި އިސްރާއީލަށް ޒިޔާރަތްކުރި ނަމަވެސް، އިސްރާއީލުގެ އެންމެ ބޮޑު ބާރުދޭ ފަރާތުން އެ ޤައުމުގެ ސަރަޙައްދީ އަނިޔާވެރިކަމާ ގުޅިގެން ޖަވާބުދާރީކުރުވުމަށް ތައްޔާރުވެފައިވާކަމުގެ އިޝާރާތެއް ނުދެއެވެ. އޭގެ ބަދަލުގައި އެމެރިކާއިން ސަމާލުކަން ދީފައިވަނީ ޣައްޒާއަށެވެ.



ކިޔުންތެރިންގެ ހިޔާލު