ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ލަސްްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު އަމީން ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތް ފެށުން ލަސްވަމުންދަނީ، ސަރުކާރުގެ ޓެކްސީ ލައިނަށް ގެންނަން ނިންމާފައިވާ އިލެކްޓްރިކް ވެހިކަލްތަކަށް ބައެއް ބަދަލުތައް ގެންނަން ޖެހޭތީ ކަމަށެވެ. އެގޮތުން ރާއްޖޭގެ މާޙައުލާއި ރަޙުމަތްތެރި ގޮތަށް އެ އުޅަނދުތައް ފަރުމާކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
އެހެން ނަމަވެސް މަސައްކަތް ކުރަށްވަނީ މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މި ޚިދުމަތް ފެށުމަށް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެންނަކީ އައިލެންޑް ނޭޝަނަކަށް ވީމާ މޮޑިފިކޭޝަންސްތަކެއް އުފައްދާ ފަރާތްތަކުން ކޮންމެވެސް ވަރަކަށް ގެންނަންޖެހޭތީ އެ ބަދަލާ އެކީގައި ކުޑަ ލަސްވުމެއް މި އަންނަނީ." ވަޒީރު އަމީން ވިދާޅުވިއެވެ.
އަމީން މިހެން ވިދާޅުވެފައިވާއިރު، ޓެކްސީ ލައިނަށް އީ-ވެހިކަލްތައް ގެންނަން ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ، އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 80 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 100 ކާރު ގެންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު