ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތެރެއިން ބޭންކްގެ ފައިސާ ދަބަސް ފޭރިގަތްއިރު ކައިރީގައި ފުލުހުން ނެތްކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލަށް ވަންނަން ދިޔަ ބޭންކްގެ ދެ މުވައްޒަފުން ފައިސާ ދަބަސް އުފުލުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓްކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލައެއްް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ފަތިހުއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަތް ދަބަސްތަކުގައި ހުރީ، އެއަރޕޯޓުން ފުރަންދާ ފަސެންޖަރުންނަށް ބޭންކުން ދޫކުރުމަށް ހުރި ލައްކައަކަށްވުރެ ގިނަ ޑޮލަރެވެ. ނަމަވެސް މިކަން ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ސޫޓްކޭސް ފޭރިގަތުމަށްފަހު އެ ފައިސާތަކާއެކު އެކަން ކުރި މީހުން ވަނީ ލޯންޗެއްގައި ފިލާފައި ކަމަށް މަންޒަރުދުށް މީހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ބެހޭގޮތުން އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު