އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް މިއަދު ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓީވައި ލިން އިންޓަނޭޝަނަލްއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތަށް 1.025 މިލިއަން ޑޮލަރު ހޭދަވާއިރު، މަސައްކަތް ހަވާލުކުރީ 6 މަސްދުވަސްތެރޭ ނިންމާ ގޮތަށެވެ.
އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޓީވައި ލިން އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޒިއާހޫ އެވެ.
މިނިސްޓްރީން ބުނީ މި ކޮންސަލްޓަންސީގެ މަސައްކަތުގެ ތެރޭގައި ބްރިޖަށް ބޭނުންވާ ސާވޭ އާއި ޑިޒައިން ހެދުމުގެ އިތުރުން ބްރިޖާ ގުޅޭ ގިނަ ޓެކްނިކަލް މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންދާނީ ފުރިހަމަ ފީސިބިލިޓީ ސްޓަޑީއަކާ އެކު ކަމަށާއި، ފްލޯޓިން ބްރިޖެއް، އާއްމުކޮށް އަޅާ ސީ ކްރޮސިން ބްރިޖެއް ނުވަތަ ޓްރާންސިޓް ޓްރެއިން ސިސްޓަމެއްގެ ތެރެއިން އިޤްތިޞާދީ ގޮތުންނާއި ޓެކްނިކަލް ގޮތުން އެންމެ ފައިދާހުރި ގޮތެއް ބަލައިގެން ސަރުކާރުން ގޮތެއް ނިންމާނެ ކަމަށް މިނިސްޓަރ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
އައްޑޫ ހުޅުދޫ-މީދޫ އާއި ހިތަދުއާ ދެމެދު ބްރިޖެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ވާން ގާތްވެފައިވާ އިރު، މި ބްރިޖާ ގުޅޭ މާ ބޮޑު މަސައްކަތްތަކެއް، މިހާތަނަށް މާ ބޮޑު އިސްކަމެއް ދީގެން ކޮށްފައި ނުވާކަމުގެ ކަންބޮޑުވުންތައް ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.
މި މަޝްރޫޢުގެ ސާވޭތަކެއް ކުރުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގައި މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ ހަވާލުކޮށް، އެ މަސައްކަތަށް މިދިޔަ އަހަރު 30 މިލިއަން ރުފިޔާ ބަޖެޓްކޮށް، ބްރިޖްގެ ފުރަތަމަ ޑިޒައިން ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް އެ ކުންފުނިން މިދިޔަ އަހަރުގެ މާޗު މަހު ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަމަވެސް ސާވޭ ނިންމައި، ޕްރޮޕޯސަލަކާ ހަމައަށް އައިސް މަސައްކަތް ފެށޭވަރަށް މާލީ ކަންކަން ހަމަޖައްސާ މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާ ކަމަށާއި، އަރަބް ކޮންޓްރެކްޓާސްއާ އެކު ހެދި އެއްބަސްވުން ކުރިއަށް ނުދިއުމުގެ ސަބަބުން މި މަސައްކަތް ޓީވައި ލިން އިންޓަނޭޝަނަލްއާ ހަވާލުކުރަން ޖެހުނު ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އާ ކޮންސަލްޓަންޓެއް ނެގީ ފިނޭންސް އުސޫލުތަކާ އެއްގޮތަށް އަދި ކަމަށް އެންމެ ޤާބިލު ކުންފުނި ކަނޑައަޅައިގެން ކަމަށެވެ. އަދި ޓީވައި ލިން އަކީ ބްރިޖް އެޅުން ފަދަ މަސައްކަތުގައި ވަރަށް ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު