މަރްޔަމް ނަހްދާ ވަޙީދު   26 އޮކްޓޯބަރު 2025 - 7:5
ފަލަސްތީނުގެ ޣައްޒާ-
ފަލަސްތީނުގެ ޣައްޒާ-
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން އައި ޤަތުލްއާންމު ހުއްޓާލުމަށް އެއްބަސްވީ ފަހުން، އިސްރާއީލުން އަނެއްކާވެސް ޣައްޒާއަށް ހަމަލާ އެއް ދީފިއެވެ.

މި ހަމަލާ ދީފައި ވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސެއިރަތު ކޭމްޕް ސަރަހައްދަށެވެ.

އިސްރާއީލުން ބުނީ މި ހަމަލާ ދިނީ އިސްރާއީލު ފައުޖުތަކަށް ނުރައްކަލެއް ކަމަށް ބެލެވޭ ހަނގުރާމަވެރިޔަކަށް އަމާޒުކޮށް ކަމަށެވެ. މި ހަމަލާ ދީފައި ވަނީ އެހިސާބުގައި އޮތް ކާރަކަށް އަމާޒުކޮށްގެންނެވެ.

މި ހަމަލާގައި މީހެއްގެ ފުރާނަ ގެއްލުނުކަމެއް މީޑިއާ ރިޕޯޓްތަކުން އަދި ފެންނާކަށް ނެތެވެ. އެހެންނަމަވެސް ހަމަލާގެ ސަބަބުން ހަތަރު މީހަކު ޒަޚަމްވިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މިއީ ސުލްހައިގެ އެއްބަސްވުމުގެ ދަށުން ހަމަލަތައް ބަދަލުކުރުން މެދުކަނޑާލިފަހުން ޣައްޒާގައި އިސްރާއީލުން ދިން ބޮޑު ދެވަނަ ހަމަލައެވެ.

ޣައްޒާގެ މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި ސުލްހައިގެ އެއްބަސްވުން އެކުލަވާލި ފަހުންވެސް އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ 97 މީހަކު ޝަހީދު ކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު