ދިއްލީ ކްރައިމް 3 ވަނަ ސީޒަންގެ ޕޯސްޓަރު-
ދިއްލީ ކްރައިމް 3 ވަނަ ސީޒަންގެ ޕޯސްޓަރު-
ގިނަ ބައެއްގެ މެދުގައު މަގުބޫލު ނެޓްފްލިކްސް ސީރީސް "ދިއްލީ ކްރައިމް" ގެ 3 ވަނަ ސީޒަން އަންނަ މަހު ނެރޭނެކަން އިއުލާން ކޮށްފިއެވެ.

މި ސީރީސް ނެޓްފްލިކްސްއަށް ނެރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 12 ގައެވެ.

މި ސީޒަންގައި ވެސް ލީޑުން ފެންނާނީ ފުރަތަމަ ދެ ސީޒަންގައި ވެސް ޑީސީޕީ ވަރްތިކާ ޗަތުރްވޭޑީގެ ރޯލު ކުޅުނު ޝެފާލީ ޝާހެވެ. އޭނާއާއެކު ހުމާ ގުރޭޝީ ވެސް މުހިންމު ރޯލެއް ކުޅޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މިފަހަރުގެ ސީޒަން ބިނާކޮށްފައިވާ ދިއްލީގައި ހިންގާ އިންސާނީ ވަގުވިޔަފާރިގެ މައްޗަށެވެ. މިދިޔަ ދެ ސީޒަނަކޭ އެއްގޮތަށް މިފަހަރުގެ ސީޒަން ވެސް ގެނެސްދޭނީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު