މަރްޔަމް ނަހްދާ ވަޙީދު   22 އޮކްޓޯބަރު 2025 - 7:45
ޕްރަބާސްގެ ކުރިއަށް އޮތް ފިލްމުގެ ޕޯސްޓަރު-
ޕްރަބާސްގެ ކުރިއަށް އޮތް ފިލްމުގެ ޕޯސްޓަރު-
އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު އިއުލާން ކޮށްފިއެވެ.

މި ފިލްމު ޕްރޮޑިއުސްކުރާނީ މަޝްހޫރު "ޕުޝްޕާ" ޕްރެންޗައިސްވެސް ޑައިރެކްޓުކުރި މައިތުރީ މޫވީ މޭކާރސް އިންނެވެ.

"ޕްރަބާސް ހާނޫ"ގެ ނަމުން ނަންދެވިފައިވާ މި ފިލްމު ޑައިރެކްޓު ކުރާނީ ހަނޫ ރާގަވަޕުޅި އެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕްރަބާސްގެ އިތުރުން ވެޓަރަން ތަރިން ކަމަށްވާ މިތުން ޗަކްރަބޮރްތީ، ޖަޔާޕްރަދާ އަދި އަނުޕަމް ޚޭރް ހިމެނެއެވެ. މި ތަރިންގެ ސަބަބުން ފިލްމަށް ނޮސްޓެލްޖިއާ އިތުރުވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމު ނެރޭ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު