ފުރަތަމަ ދުވަހުވެސް އަނިޔާނުކޮށް، ލޫޓުވާލައިފި މުޒާހަރާގެ ބައިވެރިން ދޫކޮށްލިނަމަ ދައުލަތުގެ ބަޖެޓަށްވެސް ލުޔެއް ލިބުނީސް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާއިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި ހުރިހާ އެންމެން މިއަދު ވަނީ ދޫކޮށްލާފައެވެ. އެ އެންމެން ވެސް ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތު ކުރުމަށް ފަހުގައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އިޔާޒް ވިދާޅުވީ މުޒާހަރާގެ ބައިވެރިން ހައްޔަރުގައި ބޭތިއްބި 15 ދުވަހުގެ ތެރޭގައި ތަޙްޤީގަށް ކުރީ ކޮންކްމެއްކަން އައިއޯ އަށް ވެސް އެނގޭނެހެން ހީ ނުވާ ކަމަށެވެ.
"ފުރަތަމަ ދުވަހުވެސް އަނިޔާނުކޮށް ތި ޝަރުތުތަކެއް ކޮށް ދޫކުރިނަމަ މަތިބަރު ސަރުކާރުގެ ބަޖެޓަށްވެސް ލުޔެއް ލިބުނީސް" އިޔާޒް ވިދާޅުވިއެވެ.
އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އަށް މީހުން ފުލުހުން ހައްޔަރުކުރި ނަމަވެސް އޭގެތެރެއިން ބަންދުގެ މުއްދަތު ކޯޓުން ޖެހީ ހަ މީހުންނަށެވެ. އެ މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރީ އޮކްޓޫބަރު 4 ގައެވެ.
ބަންދުގެ މުއްދަތް ޖެހި މީހުންގެ ތެރޭގައި ހިމެނެނީ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު އާއި، މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އާއި، އަލީ ޖުމާން އާއި އަޒްމީ އަލީގެ އިތުރުން ހަސަން ޝާކިރު އެވެ.
ބަންދުގެ މުއްދަތު މިއަދަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކޮށް ފުލުހުން އެދުނީ އެމީހުންގެ ބަންދަށް 15 ދުވަސް އިތުރު ކޮށްދިނުމަށެވެ. ނަމަވެސް ކޯޓުން ނިންމީ އެމީހުން ދޫކޮށްލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު