ދިގު މުއްދަތަކަސް ސުލްހަވާން ތައްޔާރަށް ތިބިކަމުގައި ވީނަމަވެސް އަދި ހަތިޔާރު ބެހެއްޓުމަށް ތައްޔާރު ނޫން ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.
ހަމާސްގެ ސިޔާސީ ގޮފީގެ އިސް އޮފިޝަލް މުޙައްމަދު ނައްޛާލް ވިދާޅުވީ، ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެ ޖަމާޢަތުން ދެމިއޮންނަން ބޭނުންވާ ކަމަށެވެ.
ނައްޛާލް ވިދާޅުވީ ފަލަސްޠީނުގެ މިނިވަންކަމަށް ކުރަމުންދާ ޖިހާދުގެ ދަށުން ހިންގާ އަސްކަރީ ހަރަކާތްތައް ފަސް އަހަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް ތައްޔާރަށް އޮތް ކަމަށެވެ. ބޭނުންވަނީ މި މުއްދަތުގައި ޣައްޒާ އަލުން އާރާސްތުކޮށް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ އުންމީދުގައި ދިގު މުއްދަތުގެ ޞުލްޙައަކަށް ދިއުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޣައްޒާގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ހިނގަމުންދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެވުނީ އޮކްޓޫބަރު 9 ވަނަ ދުވަހުއެވެ. މި އެއްބަސްވުން އެކުލަވާލުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭ ގޮތަށަ އޮތްނަމަވެސް، ހަމާސްއިން ބުނީ އަދި ހަތިޔާރު ބަހައްޓަން ތައްޔާރު ނޫން ކަމަށެވެ. ހަތިޔާރު ބެހެއްޓުމާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރުމަށް ތައްޔާރުވަމުންދާއިރު، ޓްރަމްޕްގެ ޝަރުޠުތަކާއި ޙަމާސުން ބޭނުންވާ ގޮތާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް އެބަހުއްޓެވެ.
އަދި ޤަތުލުޢާންމަށް ފަހު ޣައްޒާގެ އިދާރީ ހިންގުން ބައްޓަންކުރާނެ ގޮތަކާ މެދުވެސް ދެފަރާތުގެ ދެމެދުގައި ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު