ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާ ކަމަށް ބުނެ، ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ އެޗްޑީސީގެ ނަމުގައި ދައުރުވަމުންދާ މި ފޭކް މެސެޖްތަކުގައި ހިމެނޭ ލިންކުތަކަކީ ޒާތީ މައުލޫމާތާއި ޕާސްވޯޑްތައް ވަގަށް ނެގުމަށް އަމާޒުކޮށްފައިވާ ލިންކުތަކެއް ކަމަށެވެ.
އެހެންކަމުން، މިފަދަ މެސެޖްތަކުގައިވާ ލިންކުތަކަށް ފިތުމުން ދުރުހެލިވުމަށާއި، މިކަމުގެ ހޭލުންތެރިކަން އެހެން ފަރާތްތަކަށް ވެސް ފޯރުކޮށްދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެޗްޑީސީގެ ފަރާތުން ފޮނުވާފައިވާ މެސެޖެއްކަން ކަށަވަރުކުރުމަށްޓަކައި، އެ ކުންފުންޏަށް ގުޅައިގެން މައުލޫމާތު ހޯދުމަށްވެސް ފުލުހުން އެދިފައިވެއެވެ.
ފުލުހުން މިހެން ބުނެފައިވާއިރު ޢާއްމުންނަށް ފޮނުވަމުންދާ މި މެސެޖްތަކުގައި ބުނެފައި ވަނީ، ގެދޮރުވެރިޔާ ސްކީމަށް ކުރިން ހުށަހަޅާފައިވާ ފޯމުތައް ބާޠިލުކޮށް، އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް މިއީ އެއްވެސް އަސްލެއް ނެތް ދޮގު މައުލޫމާތެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު، މިފަދަ އޮޅުވާލުންތަކުން ރައްކާތެރިވެ، ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އާންމުންނަށް އިރުޝާދުދީފައެވެ.

ކިޔުންތެރިންގެ ހިޔާލު