މަރްޔަމް ނަހްދާ ވަޙީދު   17 އޮކްޓޯބަރު 2025 - 11:9
ބަނޑު ފުއްޕާފައިވާ މީހެއް-
ބަނޑު ފުއްޕާފައިވާ މީހެއް-
ގިނަ ބަޔަކު ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރަނީ ދުޅަހެޔޮ ސިއްހަތެއްގައި އުޅެން ކަމަށްވާއިރު، އޭގެ ތެރޭގައި ހަށިގަނޑުން ބަރުދަން ލުއިކުރުމާއި، ބަނޑު ހިންދުން ފަދަ ކަންކަން ހިމެނެއެވެ. ކިތައްމެ ގިނައިން ކަސްރަތުކޮށް ބަނޑު ހިންދަން މަސައްކަތް ކުރިނަމަވެސް، ގިނަ މީހުންނަށް ބޭނުންވާ ނަތީޖާ ހާސިލް ކުރުމަށް ވަރަށް އުނދަގޫވެއެވެ. މިފަހަރު މި ހިމަނާލަނީ ބަނޑު ހިންދަން އުނދަގޫވާ ބައެއް ސަބަބުތަކެވެ.

ބަނޑުގައި މައިގަނޑު ދެ ބާވަތެއްގެ ސަރުބީ ހުރެއެވެ. އެއީ ހަންގަނޑުދަށުގައި ހުންނަ ސަރުބީ (ސަބްކިއުޓެނަސް ފެޓު) އާއި ގުނަވަންތަކުގެ ވަށައިގެން ހުންނަ ސަރުބީ (ވިސެރަލް ފެޓް) އެވެ. މީގެ ތެރެއިން ވިސެރަލް ފެޓަކީ ސިއްހަތަށް ނުރައްކާ ބާވަތްތަކުގެ ބައްޔަށް މަގުފަހިކުރާ ސަރުބީއެކެވެ. މި ދެ ބާވަތުގެ ސަރުބީއަކީ ވެސް ހަށިގަނޑުން ނައްތާލަން ދަތި އެއްޗެހި ނަމަވެސް، ވިސެރަލް ފެޓް ނައްތާލުން އިތުރަށް އުނދަގޫވެދާނެއެވެ.

ކަސްރަތު ކުރުމުގެ އިތުރުން ކެއުމުގެ އާދަތަކަކީ ބަނޑުހިންދުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. ގިނައިން ހަކުރު އެކުލެވޭ ބުއިންތަކާއި، ޕްރޮސެސްކޮށްފައި ހުންނަ ކާނާއާއި، ހަކުރު ގިނަ ކާނާ ބޭނުންކުރުމަކީ ބަނޑުގައި ސަރުބީ ޖަމާވުމަށް މަގުފަހިކުރާ ކަންކަމެވެ. އެހެންކަމުން ބަނޑު ހިންދަން ބޭނުންވާނަމަ ފައިބަރު ގިނަ ކާނާއާއި، ޕްރޮޓީން އަދި ހެލްތީ ފެޓްސް ގިނައިން ހުންނަ ކާނާ ކެއުމަކީ މުހިންމު ކަމެކެވެ.

ހަށިގަނޑުގައި ހުންނަ ހޯރމޯންތަކުގެ މިންވަރު ދަށްވުމަކީ ނުވަތަ ހޯމޯންތަކަށް މައްސަލަތައް ދިމާވުމަކީވެސް ބަނޑުހިންދަން އުނދަގޫވާ ސަަބަބެކެވެ. އެގޮތުން ބަލާއިރު މީހާ މާ ބޮޑަށް ސްޓްރެސް ވާނަމަ ހަށިގަނޑުގައު ކޯޓިސޮލް ގިނަވެ، ބަނޑުގައި ސަރުބީ ޖެހުމަށް މަގުފަހިވެއެވެ. ހަމައެއާއެކު އަންހެނުންގެ ހޯމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް ބަނޑުގައި ސަރުބީ ޖަހައެވެ.



ކިޔުންތެރިންގެ ހިޔާލު