ފުލުހުން ފެނުމުން މަސްތުވާތަކެތި ދިރުވާލި މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ގުޅިގެން އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަންގައި 40 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި / ވިލާ، އާމިނަތު ނިސާ (40އ) އެވެ.
އޭނާ ބަލައިފާސްކުރަން އުޅުނު ވަގުތު އޭނާގެ ހަށިގަނޑުގެ ތެރެއިން ބިންމައްޗަށް ވެއްޓުނު އެއްޗެއް ނަގައި ދިރުވައިލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެތަކެތި ނަގައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ އެ އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު