ލާޕަތާ ލޭޑީސް ޕޯސްޓަރު، ކިރަން ރާއޯ-
ލާޕަތާ ލޭޑީސް ޕޯސްޓަރު، ކިރަން ރާއޯ-
މިއަހަރުގެ ފިލްމްފެއާ އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ކިރަން ރާއޯ ޑައިރެކްޓުކުރި "ލާޕަތާ ލޭޑީސް" އަށް ލިބިއްޖެއެވެ.

މި ފިލްމަކީ މި އަހަރުގެ އޮސްކާ އެވޯޑަށް ވެސް އިންޑިއާ އިން ފޮނުވި ފިލްމެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އަންހެނަކު އޭނާގެ ފިރިމީހާ ގެއްލިގެން، އޭނާ ހޯދުމަށްޓަކައި ކުރާ ކަންތަކުގެ މައްޗަށެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ނިތާންޝީ ޖޮއެލް އާއި، ޕްރަތިބާ ރަންތާ އާއި، ސްޕާޝް ސްރިވަސްތަވާ އަދި ޗަޔާ ގަދަމް ހިމެނެއެވެ.

ފިލްމްފެއާ އެވޯޑްސްގައި މި ފިލްމަށް ތަފާތު އެކި އެވޯޑުތައް ލިބިފައި ވެއެވެ. އޭގެ ތެރޭގައި ކިރަން އަށް ލިބުނު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑާއި ޕްރަތިބާ ރަތުނާ އަށް ލިބުނު އެންމެ މޮޅު ބަތަލާ ކްރިޓިކްސް އެވޯޑާއި ނިތާންޝީ ގޮއެލް އަށް ލިބުނު އެންމެ މޮޅު އާ ބަތަލާގެ އެވޯޑާއި ރަވީ ކިޝަން އަށް ލިބުނު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑާއި ޗާޔާ ގަދަމް އަށް ލިބުނު އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑާއި އެންމެ މޮޅު ޑައިލޮގްގެ އެވޯޑު ހިމެނެއެވެ.

އަދި މީގެ އިތުރުން ފިލްމުގެ ލަވަތަކުގެ ތެރެއިން "ސަޖްނީ" އަށް ލިބުނު އެންމެ މޮޅު ޅެމުގެ އެވޯޑާއި އެ ލަވަ އިން އަރިޖިތު ސިންގް އަށް ލިބުނު އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު މިއުޒިކް އަލްބަމްގެ އެވޯޑާއި އެންމެ މޮޅު ބެކްގްރައުންޑް ސްކޯގެ އެވޯޑްގެ އިތުރުން އެންމެ މޮޅު ކޮސްޓިއުމްގެ އެވޯޑްވެސް ވަނީ މި ފިލްމަށް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު