ސްޓޭޓަސް އެއް ޖެހުމަކީ ފޯނު ފަހާ ދުވަންޖެހޭ ސަބަބެއް ނޫން ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ ދެ އަންހެން މެމްބަރުންގެ ފޯނު ފުލުހުން އަތުލުމާ ގުޅިގެންނެވެ. އެ ފޯނުތައް ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް ފޯނުގައި ހުރި ބައެއް ފޮޓޯތަކާއި ވީޑިއޯތައް ލީކުވެފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި މަލީހް ވިދާޅުވީ މިޒަމާނުގައި މީހާ ގެންގުޅޭ ފޯނަކީ އެމީހާ ލައިގެން ހުންްނަ ހެދުން ފަދަ އެއްޗެއް ކަމަށެވެ.
އަދި ސަމާސަޔަކަށް ހަދައި ފޯނު ސަރުކާރުން އަތުލައިގެން ނުވާނެ ކަމަށާއި ސްޓޭޓަސް އެއް ޖެހުމަކީ ފޯނުފަހާ ދުވަންޖެހޭ ސަބަބެއް ނޫން ކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.
ޕޯސްޓު ނިންމަވާލައްވަމުން، ރައްޔިތުންގެ ނަފްސުގެ އިއްޒަތް ނިގުޅައިނުގަތުމަށް މަލީހް ވަނީ އިލްތިމާސްކުރައްވާފައެވެ.
"ރައްޔިތުން އިއްޒަތުއް ނަފްސު ނިގުޅައިނުގަނޭ." މަލީހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު