މަރްޔަމް ނަހްދާ ވަޙީދު   12 އޮކްޓޯބަރު 2025 - 9:34
"ދޭ ދޭ ޕްޔާރް ދޭ 2" ގެ ޕޯސްޓަރު
"ދޭ ދޭ ޕްޔާރް ދޭ 2" ގެ ޕޯސްޓަރު
ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ފިލްމު "ދޭދޭ ޕްޔާރް ދޭ 2" އަންނަ ނޮވެމްބަރުގައި ސިނަމާތަކަށް ނެރޭނެކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މި ފިލްމަކީ ލަވް ފިލްމްސް އާއި ޓީ-ސީރީޒް އިން އުފައްދާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓުކޮށްފައިވަނީ އަންޝުލް ޝަރުމާ އެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ ބޮޑެތި ދަރިންތަކެއް ވެސް ތިބި ދުވަސްވީ ފިރިހެނަކު، ޒުވާން އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުމުން ދިމާވާ ކަންތައްތަކުގެ މައްޗަށެވެ.

"ދޭ ދޭ ޕްޔާރް ދޭ 2" ގެ ކާސްޓުންގެ ތެރޭގައި އަޖޭގެ އިތުރުން ދެން ފެނިގެންދާނީ ރަކުލް، އާރް މާދްވަން، ގޯތަމީ ކަޕޫރް، އިޝިތާ ދައްތާ، ޖާވިދު ޖެފްރީ އަދި އޭނަގެ ދަރިފުޅު މީޒާން ޖެފްރީ އެވެ.

މިއީ މިއަހަރު ނެރޭ އަޖޭގެ އެންމެ ފަހު ފިލްމު ކަމުގައި ވީއިރު، މި ފިލްމު ނެރުމަށް ހަަމަޖެހިފައި ވަނީ ނޮވެމްބަރު 14 ގައެވެ.



ކިޔުންތެރިންގެ ހިޔާލު