ފަލަސްގީނުގެ ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާއަކަށްފަހު ދުމުގެ އަސަރު-
ފަލަސްގީނުގެ ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާއަކަށްފަހު ދުމުގެ އަސަރު-
އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލެވުނު ފަހުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއަށް އިސްރާއީލާއި ހަމާސުން އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން ޣައްޒާއަށް ކުރާ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، އިސްރާއީލީ ސިފައިން އެ ސަރަހައްދުން ފޭބުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ބަންދުކޮށްފައިވާ މީހުން ދޫކޮށްލުން ހިމެނެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުމަށްފަހު ޣައްޒާ އަލުން ބިނާކުރެވޭނެ ކަމަށެވެ.

މި އެއްބަސްވުމުގެ މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރި ގަތަރުން ވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ހުރިހާ މާއްދާތަކަކާއި ތަންފީޒުކުރުމުގެ މެކޭނިޒަމްތަކަށް އެއްބަސްވެވިފައިވާކަން ކަށަވަރުކޮށްދީފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނީ މިއަދު އޭނާގެ ސަރުކާރުން މި އެއްބަސްވުން ފާސްކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު