ބަންޑާރަނާއިބު އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލްގެ ދެމަފިރިން ތިބި އެޕާޓްމަންޓަކުން މަސްތުވާތަކެތި ފެނުނު ނަމަވެސް ކޯޓަށް މުއްދަތު ޖަހަން ގެންދިއުމުން ސްޓޭޓް ކައުންސިލް ބަންދުން ދޫކޮށްލައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާއެކު ފުލުހުން ހައްޔަރު ކޮށްފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހްމަދު އަޒްހާދެވެ.
އެގޮތުން ހުޅުމާލެ ފޭސް 1 ގައި ހުންނަ "ރެއިންކްރެސްޓް" އެޕާޓްމަންޓުން އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ، އެމީހުން ތިބި އެޕާޓްމަންޓް ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ފުލުހުން މިހާތަނަށް ރަސްމީކޮށް އެއްވެސްބަހެއް ބުނެފައެއް ނުވެއެވެ.
ނަމަވެސް ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ފައިނާ ދޫކޮށްލުމަށް ފަހު އޭނާގެ ފިރިމީހާގެ ބަންދަށްވަނީ 15 ދުވަސް ޖަހާފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޝަރުތުތަކަކާއެކު ފައެނާ ދޫކޮށްލީ އެޕާޓްމަންޓުން ފެނުން މަސްތުވާތަކެތީ ޒިންމާ އޭނާގެ ފިރިމީހާ ނެގުމުންނެވެ.
ޤާނޫނީ ދާއިރާއިން މާސްޓަރސް ފުރިހަމަ ކުރަށްވާފައިވާ ފައެނާއަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ އިސްވެރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު