ނޭޕާލްގައި ފެން ބޮޑުވުން | ފައިލް ފޮޓޯ
ނޭޕާލްގައި ފެން ބޮޑުވުން | ފައިލް ފޮޓޯ
ނޭޕާލުގައި ފެންބޮޑުވެ އެތައްބަޔަކު މަރުވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ނޭޕާލަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން، މަރުވި މީހުންގެ އަދަދުވަނީ 60 އަށްވުރެ މައްޗަށް އަރާފައެވެ.

އެކަމާ ގުޅިގެން މީސްމީޑިއާގައި ހަމްދަރުދީ ފާޅު ކުރަށްވަމުން ރައީސް ވިދާޅުވީ، ނޭޕާލްގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމާ ގުޅިގެން އެތައް ބަޔަކު މަރުވެ، އެގައުމަށް ލިބުނު ގެއްލުންތަކުގެ ހަބަރު އެއްސެވީ ވަރަށް ފުން ހިތާމަޔާއެކު ކަމަށެވެ.



އަދި މި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ނޭޕާލްގެ ރައްޔިތުންނާއި ސަރުކާރާއި އެކުގައިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ފެންބޮޑުވުމުގެ މިހާދިސާގެ ސަބަބުން ނޭޕާލްގެ މަގުތަކާއި ބްރިޖްތައް ހިމެނޭ ގޮތަށް ގިނަ އިންފްރާންސްޓްރަކްޗަރ ތަކަށް ގެއްލުންތަކެއް ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު