ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ހިދުމަތް ގާއިމްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމާއި ދޫކުރުމުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކުން މިހާރު ލިބޭނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ހިދުމަތް ގާއިމްކޮށް ނިމުން ފާހަގަކޮށްފައިވަނީ އދ. މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފެށުމާއެކުއެވެ. މަހިބަދޫގައި ޕާސްޕޯޓު ހިދުމަތް ފައްޓަވައިދެއްވީ ދާހިލީ ސަލަމާތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާނެވެ.
ޕާސްޕޯޓުގެ ދޫކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އޮންލައިކޮށް ދޭން ފެށީ، 2020 ވަނަ އަހަރުއެވެ. އައިޑީ ކާޑު ހެދުމުގެ ހިދުމަތް އޮންލައިން ވެގެން ދިޔައީ 2021 ވަނަ އަހަރުއެވެ. އައި މި ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މަޝްރޫޢެއްގެ ގޮތުގައި ރަސްމީކޮށް ފެށީ 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ.
އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ރާއްޖޭން ބޭރުގައި ދިވެހިން ދިރިއުޅޭ ބައެއް ޤައުމުތަކުގައިވެސް މިހާރުވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު