އިމިގްރޭޝަންގެ މުވައްޒަފުން ޚިދުމަތުގައި
އިމިގްރޭޝަންގެ މުވައްޒަފުން ޚިދުމަތުގައި
ކ. ތުލުސްދޫގައި ދިވެހި ޕާސްޕޯޓު ހެެއްދުމުގެ ހިދުމަތް ފަށައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ކ. ތުލުސްދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރޭ ރަސްމީކޮށް ތަޢާރަފުކޮށްފައިވާ ކަމަށެވެ.

ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙް ކޮށްފައެވެ.

އެހެންކަމުން ތުލުސްދޫގައި މި ހިދުމަތް ފެށުމާއެކު، އެރަށާއި ކައިރީގައިވާ ކ. އަތޮޅުގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި ޕާސްޕޯޓާ ގުޅޭ ހިދުމަތްތައް ލިބިގެންދާނެ މަގު މިހާރުވަނީ ފަހިވެފައެވެ. އަދި ތުލުސްދޫގައި މި ފެށުނު ޕާސްޕޯޓުގެ ޚިދުމަތާއެކު މިހާރު ޖުމްލަ 19 އަތޮޅަކަށް މި ޚިދުމަތް ފުޅާކުރެވިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު