ގިނަ ރަށްތަކެއްގައި ހުއްޓިފައިވާ ނަރުދަމާގެ މަޝްރޫޢުތައް އަލުން ފެއްޓޭނޭ އިންތިޒާމުތައް ހަމަޖައްސަވަމުންގެންދަވާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފެންފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ހުއްޓުމަކަށް އައިސްފައިވާ ފެންފުށީގެ ނަރުދަމާގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، މިއީ ގިނަ ރަށްތަކަކަށް ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާފައެވެ.
އަމިއްލަ ކުންފުންޏަކާ ހަވާލުކުރައްވާފައިވާ މި މަސައްކަތްތައް މި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ބާރު އަޅުއްވައިގެންވެސް އަލުން ފަށާފައި ނުވާތީ، ސަރުކާރުން މިހާރު ނިންމަވާފައިވަނީ އެއްބަސްވުން ނިމުމަކަށް ގެނެސް އެހެން ގޮތަކުން މަޝްރޫޢުތައް ކުރިއަށްގެންދެވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފެންފުށީގެ ނަރުދަމާގެ މައްސަލައަށް ހައްލު ގެނެސްދެއްވާނޭކަމުގެ ޔަޤީންކަން ރައީސް ވަނީ އެރަށު ރައްޔިތުންނަށް ދެއްވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ ފެންފުށީ ސްކޫލްގެ މަސައްކަތްވެސް އަލުން ފައްޓަވައި، އަންނަ ދިރާސީ އަހަރަށް އެ އިމާރާތް ބޭނުންކުރެވޭ ގޮތަށް މަސައްކަތް ނިމޭނޭ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ، ފެންފުށީ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢާއި، ފެންފުށީގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
އަދި ފެންފުށީގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތާއި، ފެންފުށީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތާއި، ކުންޏާއި ވަސީލަތް މެނޭޖްކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތާއި، ފުޓުބޯޅަ ދަނޑުގެ ވަށައިގެން ޓްރެކެއް ހެދުމުގެ ޢަމަލީ މަސައްކަތާއި، ވޮލީކޯޓު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި ދަތުރުފުޅުގައި ވަނީ ފައްޓަވައިދެއްވާފައެވެ. އަދި މިއަދު ފެންފުށީގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތްވެސް އިފުތިތާޙުކޮށްދެއްވާފައެވެ.
މިއަދު ފެންފުށީގައި ފައްޓަވައިދެއްވި މަޝްރޫޢުތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ މި މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ފެންފުށީގައި އެއްގަމުތޮށީގެ މަސައްކަތްވެސް ކުރިއަށްގެންދަވާނޭ ކަމަށާއި، މިސްކިތް ބިނާކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ހިނަވާގެވެސް ހިމެނޭގޮތަށް ކަމަށެވެ.
އަދި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްގެންދަވާނީ، މިހާރު ހުރި މަރުކަޒުގެ ހިދުމަތްތައްވެސް އައު އިމާރާތަށް ބަދަލުކުރެވޭނޭ ގޮތަށް، މަސައްކަތުގެ ސްކޯޕަށް ބަދަލުގެންނަވައިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު