އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ދެނީ
އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ދެނީ
ގއ. އަތޮޅުގައި ދިވެހި ޕާސްޕޯޓު ހެެއްދުމުގެ ހިދުމަތް ފަށައިފިއެވެ.

އައިޑީ ކާޑާއި، ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

އިމިގްރޭޝަނުން ބުނީ ގއ. ވިލިނގިލީގައި ޕާސްޕޯޓްގެ ހިދުމަތް ފަށާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ވިލިނގިލީގައި މި ހިދުމަތް ފެށުމާއެކު، އެ އަތޮޅުގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި ޕާސްޕޯޓާ ގުޅޭ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު މިސަރުކާރުން ވަނީ އިފްތިތާޙް ކޮށްފައެވެ.

އަދި ގއ. އަތޮޅުގައި ފެށުނު ޕާސްޕޯޓުގެ ޚިދުމަތާއެކު މިހާރު ޖުމްލަ 15 އަތޮޅަކަށް މި ޚިދުމަތް ފުޅާކުރެވިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ. މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު