ހަމާސް-
ހަމާސް-
އިސްރާއީލުން ޣައްޒާގެ ނަދްލު ނެތިކޮށްލުމަށް ހިންގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް ވަރަށް އަވަހަށް ޖަވާބު ދޭނެ ކަމަށް ހަމާސް އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އަލްޖަޒީރާ ޢަރަބިއްޔާއަށް ވާހަކަ ދައްކަވަމުން ޙަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރު މުޙައްމަދު ނައްޒާލް ވިދާޅުވީ، އިސްރާއީލުން ޣައްޒާއަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމުގެ މަޤްޞަދުގައި އެ ޖަމާޢަތުން ޓްރަމްޕްގެ ޕްލޭން މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި އަދި އެ ހުށަހެޅުމާ ގުޅޭގޮތުން އެ ޖަމާޢަތުގެ މަގާމު އަވަހަށް އިއުލާނުކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ނައްޒާލް ވިދާޅުވީ، ފަލަސްތީނު ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން، ފަލަސްތީނުގެ ރައްޔިތުންގެ މަޞްލަޙަތަށް ޚިދުމަތްކުރާނެ ގޮތަކަށް އެ ޖަމާޢަތުގެ ޚިޔާލު ފާޅުކުރުމުގެ ޙައްޤު ޙަމާސްއަށް ލިބިގެންވާ ކަމަށެވެ.

"މި ޕްލޭނާމެދު މުއާމަލާތު ކުރަމުން މިދަނީ ކަރުގައި ކަނޑިއެއް ޖައްސައިގެން ޖަވާބު އަވަސް ކުރުވަން އުޅޭފަދަ ގޮތަކަށް ނޫން" ނައްޒާލް ވިދާޅުވިއެވެ.

މި ހަފްތާގެ ކުރީކޮޅު، ވައިޓް ހައުސްއިން ހާމަކުރި 20 ނުކުތާގެ ލިޔުމެއްގައި ގޮވާލާފައިވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، ޙަމާސްގެ ބަންދުގައިވާ މީހުންނާއި، އިސްރާއީލުގައި ބަންދުކޮށްފައިވާ ފަލަސްޠީނު ސިޔާސީ ފަރާތްތައް ދޫކޮށްލުމަށާއި، ޣައްޒާގައި ތިބި އިސްރާއީލުގެ ސިފައިން މަރުހަލާތަކަކަށް ބަހައިގެން އެތަނުން ދިއުމަށާއި، ހަމާސްއިން ހަތިޔާރު ދޫކޮށްލުމަށެވެ. އަދި ހަމައެއާއެކު ބައިނަލްއަޤްވާމީ ޖަމާއަތެއްގެ ދަށުން ވަގުތީ ސަރުކާރެއް އުފެއްދުމަށްވެސް ވަނީ ގޮވާލާފައެވެ.

މި ޕްލޭނަށް ޖަވާބެއް ދިނުމަށް މިދިޔަ އަންގާރަ ދުވަހު ޓްރަޕްމު ވަނީ ހަމާސް އަށް 4 ދުވަހުގެ މުއްދަތެއް ދީފައެވެ.

ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބޭނުންވީނަމަވެސް މި ޕްލޭނުން އެންމެ ބޮޑަށް ފައިދާ ކުރަނީ އިސްރާއީލަށް ކަމަށް ފަލަސްތީނުން ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު