ބޮލީވުޑްގެ މަޝްހޫރު ތަރި ޖޯން އަބްރަހަމްގެ ފިލްމު "ފޯސް 3" ގެ ޝޫޓިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ފިލްމުގެ ޝޫޓުތައް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްތާރީތައް މިހާރު ކުރިއަށްދާއިރު، ފިލްމަށް ބަތަލާއަކުވެސް ނަގާފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެެ.
ފޯސް 3" ގެ ބަތަލާއަކަށް ނަގާފައި ވަނީ އިންޑިއާގެ ސައުތު ސިނަމާގެ ތަރި މީނާކްޝީ ޗައުދަރީ އެވެ. މީނާކްޝީ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ހިޓް: ދަ ސެކަންޑް ކޭސް" އާއި "ސިންގަޕޯ ސެލޫން" އަދި "ލަކީ ބާސްކަރް" ހިމެނެ އެވެ.
ފޯސް ސީކުއެލްގެ 3 ވަނަ ބައި ޑައިރެކްޓު ކުރާނީ ބަވް ދޫލިއާއެވެ.
މަސައްކަތުގެ މައިދާނަށް ބަލާއިރު ޖޯން މިހާރު ދަނީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ޒީ5 އިން ޕްރީމިއާކުރި ސްޕައި އެކްޝަން ތުރިލާ "ޓެހެރާން" އެވެ.

ކިޔުންތެރިންގެ ހިޔާލު