އިންޑިއާގެ އެންމެ ބޮޑު އެއް ރިއަލިޓީ ޝޯ ކަމުގައިވާ އިންޑިއަން އައިޑޮލްގެ އާ ސީޒަން އަންނަ މަހު ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މިފަހަރުގެ އިންޑިއަން އައިޑޮލްގެ ތީމަކީ "ޔާދޯކީ ޕްލޭއިލިސްޓް" އެވެ. މިއީ ކުރީގެ ރީތި ލަވަތަކުގެ މައްޗަށް ބިނާވެގެންދާނެ ސީޒަނެކެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އާ ސީޒަން ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 18 ގައެވެ. މިފަހަރު ޖަޖުންގެ ޕެނަލްގައި ހިމެނެނީ އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި ނަން މަޝްހޫރު ވިޝާލް ދަދްލާނީ، ޝްރެޔާ ގޯޝަލް އަދި ބާދްޝާއެވެ.
2004 ގައި ފެށި މި ޝޯއަކީ އިންޑިއާގައި އެންމެ ގިނަ މީހުންގެ މަގުބޫލުކަން ލިބިފައިވާ ޝޯއެވެ. ފާއިތުވި އަހަރުތަކުގައި މި ޝޯގެ ޒަރިއްޔާއިން އެތަކެއް ހުނަރުވެރި ލަވަކިޔުންތެރިން ވަނީ ދާއިރާއަށް ތައާރަފްވެފައެެވެ. އޭގެ ތެރޭގައި އަބިޖީތު ސާވަން، ނޭހާ ކައްކާރު އަދި ސަލްމާން އަލީ ފަދަ އާޓިސްޓުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު