މިހާތަނަށް މުސާރަ ބޮޑުކޮށްފައިނުވާ 3 ދާއިރާއެއްގެ މުސާރަ ނޮވެންބަރުން ފެށިގެން ބޮޑުކުރަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރަށްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކުރިއަށް އޮތް ނޮވެމްބަރު 1 ގައި ހާމަނައިޒްކޮށް، މުސާރަ ބޮޑުވާނެ ކަމަށެވެ.
އަދި މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
މުވައްޒަފުންގެ މުސާރަތައް އެއްހަމަކޮށް، ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގައެވެ. އެ މަސައްކަތުގެ ދަށުން މިހާރު ވަނީ ނަރުހުންނާއި ޓީޗަރުންނާއި ސަލާމަތީ ޚިދުމަތްތަކުގެ މުސާރަތައް ބޮޑުކޮށްފައެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، މިއަހަރުގެ ބަޖެޓްގައި އެކި ދާއިރާތަކުން މުސާރަ ބޮޑުކުރުމަށް 500 މިލިޔަން ރުފިޔާ ވަނި ކަނޑައަޅާފައެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު މިހާތަނަށް މުސާރައާއި އިނާޔަތްތަކަށް 9.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، މިދިޔަ އަހަރާ އަޅާބަލާއިރު 575 މިލިއަން ރުފިޔާ ބޮޑު އަދަދެކެވެ.

ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ.
— Dr Mohamed Muizzu (@MMuizzu) September 28, 2025
މިއަހަރުގެ ރިޔާސީ…
މުވައްޒަފުންގެ މުސާރަތައް އެއްހަމަކޮށް، ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގައެވެ. އެ މަސައްކަތުގެ ދަށުން މިހާރު ވަނީ ނަރުހުންނާއި ޓީޗަރުންނާއި ސަލާމަތީ ޚިދުމަތްތަކުގެ މުސާރަތައް ބޮޑުކޮށްފައެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، މިއަހަރުގެ ބަޖެޓްގައި އެކި ދާއިރާތަކުން މުސާރަ ބޮޑުކުރުމަށް 500 މިލިޔަން ރުފިޔާ ވަނި ކަނޑައަޅާފައެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު މިހާތަނަށް މުސާރައާއި އިނާޔަތްތަކަށް 9.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، މިދިޔަ އަހަރާ އަޅާބަލާއިރު 575 މިލިއަން ރުފިޔާ ބޮޑު އަދަދެކެވެ.
ކިޔުންތެރިންގެ ހިޔާލު