ވައިގެ މަގުން ފައިސާއަށް މަސްތުވާތަކެތި އެތެރެކޮށްދޭ ދިވެއްސަކަށް ކުށްސާބިތުވެ ޢުމުރަށް ޖަލަށް ލައިފިއެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ޙުކުމް އިއްވާފައިވާ އިސްމާއިލް ނައުފަލު، ހ. ސެމޯއާ، މެލޭޝިއާއިން ރާއްޖެ އައުމާއެކު އެއާޕޯޓުން ހައްޔަރުކުރީ 18 ޑިސެމްބަރު 2023ގަ އެވެ.
އޭނާ އަހަރެއްހާ ދުވަސް ތެރޭ 14 ފަހަރަކު ރާއްޖޭން ބޭރަށް ދަތުރު ކޮށްފައިވާއިރު، މެލޭޝިއާއިން ރާއްޖެ އައިއިރު ގެނައި ފޮށީގެ ފުލުގައި އިން ޒިބު ހުޅުވާ ބެލިއިރު ކާބަން ޕޭޕަރު އޮޅާފައިވާ ދެ ޕެކޭޖު ފެނިފައިވެއެވެ. އަދި އެތަކެތި ތަހުލީލް ކުރިއިރު 994 ގްރާމުގެ މެޓަމްފެޓަމިން ރެސިމޭޓް ހުރި ކަމަށް ދައްކާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޯޓުގައި ނައުފަލް ބުނެފައިވަނީ، އެ ލަގަޖަކީ އޭނާއާ ގުޅުންހުރި އެއްޗެއް ނޫން ކަމަށާއި އޭނާގެ ބެލުމުގެ ދަށުގައި ހުރި އެއްޗެއް ވެސް ނޫން ކަމަށެވެ. ނަމަވެސް އެންމެ ފުރަތަަމަ ކަސްޓަމްސްއިން ނައުފަލާ ސުވާލުކުރިއިރު، އެ ތަކެއްޗަކީ މީހަކު ފައިސާ ދޭނަމޭ ބުނެގެން ގެނައި ތަކެތި ކަމަށާއި ކުރިން ވެސް އެގޮތަށް މަސްތުވާތަކެތި ގެނެސްފައި ހުންނާނެ ކަމަށް ބުނެފައިވެއެވެ.
މި މައްސަލާގައި ނައުފަލް އެކިގޮތަށް ވާހަކަ ދައްކާފައިވާތީ ނައުފަލަކީ ފައިސާ ދިނުމުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހެއްކަން ސާބިތުވާ ކަމަށާއި، އޭނާ އުމުރަށް ޖަލަށް ލުމާއެކު 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އަދި މި ފައިސާ އެއް އަހަރު ދުވަސް ތެރޭ ދެއްކުމަށާއި، މީގެ ކުރިން ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން މިހާރު ޖެހޭނީ 23 އަހަރާއި ދެ މަސް ދުވަހުގެ ޖަލު އަދަބެއް ކަމަށް ކަނޑައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު