ރައީސް މުއިއްޒު ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން-
ރައީސް މުއިއްޒު ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން-
ރަށްރަށުގައި ސަރުކާރުން އަޅަމުންދާ ހައުސިން ޔުނިޓްތަކާއި ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު 10،000 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާކަމަށް ރައީސް ޑރ: މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

ރައީސް މިކަން އިއުލާންކުރެއްވީ ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ ތ. ތިމަރަފުށީގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައެވެ.

މީގެ ކުރިން އޮންނަނީ ރަށްރަށުގައި އަޅަމުންދާ ހައުސިން ޔުނިޓްތަކާއި ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 20،000 ރުފިޔާ ދައްކާ ގޮތަށެވެ. މި އަދަދު 10,000 ރުފިޔާއަށް ބަދަލުކުރުމަށް ނިންމެވީ ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓް ބޮޑުކަމަށް ބައެއް ރަށްރަށުގެ ރައްޔިތުން ފާހަގަކުރަމުންދާތީ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މި ބަދަލާ އެކު މަހު ކުލި ވެސް 5،000 ރުފިޔާއިން 3،333 ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ޔުނިޓުތަކުގެ ކުލި ދައްކައި ހަލާސްކުރަން ދޭ މުއްދަތު ނުވަތަ ގްރޭސް ޕީރިއަޑް ގުނަން ފަށާނީ ގެތަކަށް ވަދެވޭ ހިސާބުން ފެށިގެން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު