އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތައް ހުއްޓުވަން، ދަ ހޭގް ގްރޫޕުން އެކްޝަން ޕްލޭނެއް އެކުލަވާލައިފިއެވެ.
ދަ ހޭގް ގްރޫޕްގައި ހިމެނޭ 34 ގައުމުން އެކްޝަން ޕްލޭނެއް މި އެކުލަވާލީ، ނިއުޔޯކްގައި ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ ޖަލްސާގެ ހަވާސާގައި ބޭއްވި، އެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މަޝްވަރާ ބައްދަލުވުމަކަށް ފަހުގައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ ދެކުނު އެފްރިކާއާއި، ކޮލަމްބިއާއިންނެވެ.
މި މަޝްވަރާތަކަށްފަހު އެކަށައެޅި ގުޅިފައިވާ އެކްޝަން ޕްލޭން ހުރިހާ ގައުމަކުންވަނީ އެންޑޯޒް ކޮށްފައެވެ.
އެކްޝަން ޕްލޭންގައި، އިސްރާއީލު ހުއްޓުވަން ގަނޫނީ ގޮތުންނާއި، ސިޔާސީގޮތުންނާއި، އިގްތިސާދީގޮތުން، ހުރިހާ ގައުމެއް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.
އަދި އިސްރާއީލަށް ހަތިޔާރު އެތެރެކުރުން ހުއްޓުވުމާއި، އެ ގައުމުތަކުގެ ބަނދަރުތަކުން ހަތިޔާރު ޝިޕްމަންޓް އެތެރެވިޔަ ނުދިނުމާއި، އިސްރާއީލަށް ހަކަތައިގެ ބާވަތްތައް އެތެރެކުރުން ހުއްޓާލުންވެސް ހިމެނެއެވެ.
ދަ ހޭގް ގްރޫޕުން ވަނީ އިސްރާއީލުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއާއި، އދއަށް ގޮންޖަހަމުން ގެންދާދިއުންވެސް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު